މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ އެކްސިޑެންޓު ހިނގީ މިދިޔަ ބުދަ ދުވަހުގެ ރޭ 12:53 ހާއިރުއެވެ.
ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިލެއް ޖެހިގެން ހިނގާދިޔަ އެ އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ މުހައްމަދު ލީވާންއެވެ.
އޭނާގެ އުމުރަކީ 21 އަހަރެވެ.
އެ އެކްސިޑެންޓުގައި ލީވާނަށް ބޮޑެތި އަނިޔާތަކެއް ލިބުމުން އޭނާއަށް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗުގެ އެމަޖެންސީގައި ވެންޓިލޭޓަރުގެ އެހީގައެވެ.
ބައެއް މަސްދަރުތަކުން ބުނީ ލީވާން ނިޔާވީ ރޭ 2:10 ހާއިރު ކަމަށެވެ.
އެކްސިޑެންޓުގައި ލީވާން ނިޔާވިއިރު ހުކުރު ދުވަހު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް ވަނީ ޒުވާނަކު ނިޔާވެފައެވެ.
އެ އެކްސިޑެންޓުގައި ނިޔާވެފައި ވަނީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ.

