މާފަންނު ބަސް ޓާމިނަލް ކައިރީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިރޭ 6:29 ހާއިރު އެ އެކްސިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.

އަދި އެކްސިޑެންޓުގައި ދިވެހި ފިރިހެނަކަށާއި ދެ ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައެވެ. ފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، މިކަން މަދު ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.