ކޮންމެ ބަޔަކުވެސް ކަންތައް ކުރާނީ، އެބައެއްގެ ފެންވަރުން ކަމަށް ސަލަފު ޖަމުއިއްޔާގެ ޗީފް މާކެޓިން އޮފިސަރ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އަލީ ރަމީޒު މިހެން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށް، މިއަދު ހުޅުވި ޕްރައިމަރީ ސްކޫލަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

ބެލެވޭ ގޮތުގައި އަލީ ރަމީޒު މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ސަރުކާރުން އެޅި ސްކޫލަށް ކުރެއްވި މަލާމާތެއްގެ ގޮތުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ހުޅުމާލެ، ފޭސް ދޭއްގައި ހުޅުވި ސްކޫލަކީ އެސްޖޭ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްގެން ހިންގި މަޝްރޫއުއެއް ކަމަށެވެ. އަދި އެސްކޫލާއި އިތުރު ޕްރީ ސްކޫލެއް އެޅުމަށް އެކުންފުންޏާ ހަވާލު ކުރީ 23 މިލިއަން ރުފިޔާއަށް ކަމަށެވެ. އެގޮތުން، އެ ކުންފުންޏާ ހަވާލު ކުރި ދެ ސްކޫލްގެ ތެރެއިން މަސައްކަތް ނިންމާ، މިއަދު ހުޅުވީ ކާމިލް ދީދީ ސްކޫލް ކަމަށްވެސް އެ މިނިސްޓްރީން ބުނެެއެވެ.

ކާމިލު ދީދީ ސްކޫލަކީ، ޕްރީ-ސްކޫލެއްގެ ގޮތުގައި ހުޅުވި ސްކޫލެއް ނަަމަވެސް، އެތަނުގައި ގްރޭޑް 6އާ ހަމައަށް ކިޔަވައިދޭނެއެވެ. އެ ސްކޫލްގެ ކިޔެވުން މިއަދު ފެށީ 800އަށްވުރެ ގިނަ ދަރިވަރުންނާއެކުގައެވެ.