ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސުލްތާނާ ޝާކިރު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަންކޮށްފިއެވެ.
ސުލްތާނާ ޝާކިރު ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފައިވަނީ ބަންޑާރަނައިބުގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހެވެ.
އެ ރަސްމިއްޔާތުގައި، ބަންޑާރަނައިބު އަހްމަދު އުޝާމް އާއި، ބަންޑާރަނައިބުގެ އޮފީހުގެ އިސްވެރިންނާއި، ސިވިލް ސާވިސް ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ސުލްތާނާ ޝާކިރު ވަނީ ނިއުޒިލޭންޑްގެ ޔުނިވާސިޓީ އޮފް ވައިކަޓޯއިން ބެޗެލާ އޮފް ސޯޝަލް ސައިންސަސް ފުރިހަމަކުރައްވައި، މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން މާސްޓާ އޮފް ޕަބްލިކް ޕޮލިސީ ހާސިލްކުރައްވާފައެވެ.

