2033 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެން، ގިނަ ބަޔަކު އެވާހަކައަށް ހަޖޫ ޖަހަން ފަށައިފިއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން ސްޓްރެޓެޖިކް ޕްލޭން ފާސްކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވައެވެ.
އިމްރާން ވިދާޅުވެފައިވަނީ، މިހާރު 10،000 މެމްބަރުން ތިބި އަދާލަތު ޕާޓީގެ ބޭފުޅަކު، 2033 ވަނަ އަހަރުގައި ރާއްޖޭގެ ރައީސްކަން ކުރައްވާނެ ކަމަށެވެ.
Maiy Allah iraadhakurehviyya 2033 vana aharu raajjeyge Raeeskan kurahvaanee @AdhaalathOffice ge beyfulheh. pic.twitter.com/Q4T5x0gvXq
— Imran Abdulla (@ShimranAb) September 5, 2022
ރޭ ބޭއްވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ، ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން ސްޓްރެޓެޖިކް ޕްލޭނެއް ފާސްކޮށްފައެވެ. މި ޕްލޭނުގައި ހިމެނޭ ދާއިރާތަކަކީ އެތެރޭގެ ހިންގުން، ގޮފި އަދި ދާއިރާތައް، ޕަބްލިކް ރިލޭޝަންސް، ޕާޓީގެ ސިޔާސަތު، އިންތިހާބުތައް، ޕާޓީގެ މާލިއްޔަތު، ދާހިލީ އަދި ހާރިޖީ ގުޅުންތައް އަދި ޕާޓީގެ މެމްބަޝިޕެވެ.