ނ. ހޮޅުދޫގައި އިއްޔެ މަރުވެފައި އޮއްވައި ފެނުނު އަންހެންމީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
މަރުވެފައި އޮއްވައި ފެނުނު މީހަކީ، ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކު (50 އ) އެވެ.
އޭނާގެ މަރުވެފައި އޮތް އިރު އޭނާގެ ކަރަށް ތޫނުއެއްޗަކުން ޒަހްމްތަކެއް ލިބިފައިވެއެވެ.
އެމީހާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުޅުހުން ބުންޏެވެ.
ފުލުހުން ބުނީ ހަށިގަނޑު މާލެ ގެނައީ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށެވެ.
އެމީހާގެ މަރުގެ އެމައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ އެމައްސަލަ ބަލަމުންނެވެ.

