ހދ.ކުޅުދުއްދުއްފުށި ފަޅު ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، އެ ސިޓީގެ ފަޅު ތެރޭގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:17 ހާއިރު ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ، ކުޅުދުއްފުށި، ޑޭޒީ ފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހަސަންއެވެ. ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް މަރުވެފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.