އެންމެންގެ އެއްބާރުލުމާއެކު މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި މަގުމަތީގެ ރައްކާތެރިކަން ގާއިމުކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަގުމައްޗަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެންމެން ގުޅިގެން މާލެ ސަރަހއްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދޭނެތީވެ އެކަމަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
”މިކަމުގައި ކުރިއަށް ދާން ހިނގާ، ތިބޭފުޅުންގެ އެއްބާރުލުން މުހިންމީ،“ މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި މިފަހުން ވަނީ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައެވެ.
އަދި ކާރާއި ސައިކަލު ޖެހިގެން ހިނގި ދެ އެކްސިޑެންޓުގައި ދެމީހަކު މަރުވެފައިވެއެވެ.
އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ފުލުހުން ވަނީ ޓްރފިކް ބެލެހެއްޓުން ފުޅާކޮށް، ޕެޓްރޯލްކުރުމުގެ އޮޕަރޭޝަނެއް ވެސް ފަށާފައެވެ.

