ޅ. އަތޮޅު ހިންނަވަރާއި ނައިފަރުގައި ފުލުހުން ޑުރަގް އޮޕަރޭޝަނެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ފުލުހުންގެ ޑުރަގް އެންފޯސްމެންޓް ޔުނިޓާ، ފުލުހުންގެ އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ނިމުމުން އިތުރު ތަފްސީލު ހިއްސާ ކުރާނެ ކަމަށެވެ.
2022 ވަނަ އަހަރު ހިންނަވަރުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެރަށުގެ އެކި ތަންތަނުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދާފައިވެއެވެ.

