ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލުގައި ވާދަކުރާ ދިވެހި ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތްވަރުދެއްވައިފިއެވެ.

މިރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އޮންނަ ކާވާ ވިމެންސްގެ ފައިނަލްގައި ވާދަކުރަނީ ރާއްޖެއާއި ކިރްގިސްތާނެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ގައުމީ ޓީމަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.

ވިމެންސް ވޮލީ ބޯލް ޗެލެންޖު ކަޕުގައި ވާދަ ކުރާ ގައުމުތަކަކީ ދިވެހިރާއްޖެ އާއި ކިރްގިސްތާނާއި، ތަޖިކިސްތާނާއި އަފްޣާނިސްތާނެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ރާއްޖެއިން ހޯދީ ރޭގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ތަޖިކިސްތާން ބަލިކޮށެވެ. ރާއްޖޭގެ ޓީމުން އެ ޓީމު ބަލި ކުރީ 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެެވެ.