ދިވެހިރާއްޖެއިން އަދި މަންކީ ޕޮކްސް ފެނިފައިނުވާ ކަމަށް ހެލްތު މިނިސްޓަރު ޑރ.ހަލީލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެއިން އެމްޕޮކްސް ފެނިފައިވާ ކަމަށް ނޫހަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަސް ކަމަށެވެ. ހެޔޮކަން ކަމަށް ގޮވާލާ އަމަލުތައް ގިނަކުރަން ނަސޭހަތް ލިބިގަންނަންވީ ދުވަސް ކަމަށް ވިދާޅުވިއެވެ.
މި މާތް ދުވަހުގައި ވެސް ރޯ ބުހުތާނު ދޮގު ފަތުރަމުންދާއިރު މި މައްސަލަ އެމްއެމްސީއަށް ހުށަހަޅުއްވާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.
މިނިސްޓަރު ކުރެއްްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ އަދި މި ވަގުތާއި ހަމައަށް އެމްޕޮކްސްގެ ވޭދަނައެއް ރާއްޖެއިން ފެނިފައިނުވާ ކަމަށެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އެކު ރާއްޖޭފައި އެމްޕޮސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއިރު، ފަރުވާ ކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

