ބިދޭސީން ދިރިއުޅޭ ތަނަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ރ. މީދޫ/ ނަސީމީގޭ މުހައްމަދު ޝާފީއެވެ.

ފުލުހުން ބުނީ ވައްކަން ކުރީ ހުޅުމާލޭގެ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ޒޯންގައި ބޭރު މީހުން ދިރިއުޅޭ އެކޮމަޑޭޝަންއަކުން މިއަދު ފަތިހު ކަމަށެވެ.

ހައްޔަރުކުރި ޝާފީގެ އަތުން ހަތް މޮބައިލް ފޯނާއި އެއް ޕަވާ ބޭންކުގެ އިތުރުން ދެ ވޮލެޓް ފެނުނު ކަމަށް ފުލުހުން ބުނި ނަމަވެސް އެ ހުރިހާ ތަކެއްޗަކީ މި ބުނާ ބިދޭސީން ދިރިއުޅޭ ތަނުން ވަގަށް ނެގި ތަކެތި ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.