ހއ.މާރަންދޫ ކައުންސިލުގެ ބައި-އިލެކްޝަންގެ ގޮނޑި، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ކާމިޔާބު ކޮށްފިއެވެ.
އެ ދާއިރާގެ ބައި އިލެކްޝަންއަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލީ އެމްޑީޕީ އާއި ޕީއެންސީގެ ކެނޑިޑޭޓުންނެވެ.
މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަބްދުލް ހަމީދު އަބްދުއް ސަައްތާރަށް 285 ވޯޓު ލިބިލެއްވިއެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޝިހާމް މުހައްމަދަށް ލިބިވަޑައިގެންނެވީ 250 ވޯޓެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މިއަދުގެ އިންތިހާބުގައި 76 ޕަސެންޓް މީހުން ވޯޓުލާފައި ވެއެވެ.
މާރަންދޫ ކައުންސިލުގެ ގޮނޑިއެއް ހުސްވީ ކުރިން ނާއިބު ރައީސްގެ މަގާމު ފުރުއްވަމުން ދިޔަ އަހުމަދު ރަމީޒް ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ.

