ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް، ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ ސައުތް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށަކުން ކަމަށެވެ.
އެ ޑިވިޝަންގައި ހިމެނެނީ މ. ފ. ދ. ތ. ލ އަތޮޅެވެ.
ފުލުހުން ބުނީ އެ ޑިވިޝަންގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައަށް ފުލުހުން އެޓެންޑްވެފައިވާއިރު، މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ޖެންޑަރ މިނިސްޓްރީ އާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

