ހުޅުމާލެ ފޭސް1 އާއި ފޭސް2 ގުޅޭ ބްރިޖު މަތީގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ދެންމެ ބުނީ، ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓާ ގުޅިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވި، އުމުރުން 24 އަހަރުގެ ފިރިހެންމީހާއަށެވެ. އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުން އިތުރުވެފައިވާއިރު، މިފަދަ ހާދިސާތައް މަދު ކުރުމަށް ގިނަ ފިޔަވަޅުތެއް އެޅުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.