މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ރޭ ބުނީ، މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހެއް ފެނުނުކަމުގެ ރިޕޯޓެއް ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މަ
ރުވެފައި އޮއްވައި ފެނުނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވީ ހެޒްމެޓް ސޫޓު ލައިގެންނެވެ. ހެޒްމެޓް ސޫޓަކީ އަންމުކޮށް މަރުވެ ގިނަ ދުވަސްވެފައިވާ މީހަކު ނުވަތަ މަރައިލަިއފައި އޮތް މީހަކު ފެނިއްޖެނަމަ އެޓެންޑް ވުމަށް ފުލުހުން ބޭނުންކުރާ ހެދުމެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ފެނިފައި ވަނީ މ ގަޑިބުރު ކައިރިގައި ހުންނަ މ ނަލަހިޔާ މަންޒިލްގެ ކޮޓަރިއަކުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

