އިދިިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދެއްވާފައި ކަމަށާއި، ދެންވެސް އެކަން ކޮށްދެއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝިޔާމް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ހުރިހާ ހާލަތެއްްގައިވެސް، ތަހުގީގުތަކަށާއި، ޝަރީއަތުގެ މަޖިލިސްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ

ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ އަޑުއެހުމުގައި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކިބަސް ވަނީ ނަގާފައެވެ. ރައީސް ޔާމީންގެ ވަކީލުން ވަނީ، ޒިޔަތުގެ މައްޗަށް ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ހުކުމްކުރި ޝަރީއަތް ކުރިއަށްގެންދިޔައިރު އޭނާއާ ދައުލަތާ ދެމެދުގައި އިއުތިރާފު އެއްބަސްވުމެއް އޮތްތޯ އައްސަވާފައެވެ.

ހެކިބަސް ދެއްވަމުން ޒިޔަތު ވަނީ،  އޭނާގެ މައްޗަށް ހުކުމްކުރި ޝަރީއަތް ކުރިއަށްދިޔައިރުގައި އޭނާއާ ދައުލަތާ ދެމެދުގައި އިއުތިރާފު އެއްބަސްވުމެއް ނެތް ކަމަށް ވިދާޅުވެ، އިތުރުފުޅު ހައްދަވާފައެވެ.