ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

ބޭންކުގެ ސީއީއޯގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ، ބޭންކިން ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ އަދި ސީނިއާ މެނޭޖްމަންޓުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހުންނަށް ވާންޖެހެއެވެ. އަދި ބޭންކިން އާއި ފައިނޭންސުން މަތީ ތައުލީމުވެސް ހާސިލްކޮށްފައި ހުންނަންޖެހެއެވެ.

ތިން އަހަރުގެ މުއްދަތަކަށް މަގާމަށް ހޮވޭ ބޭފުޅަކަށް މުސާރައިގެ އިތުރުން ހުންނާނެ ތަނަކާއި ދަތުރުކުރާނެ ކާރަކާއި މެޑިކަލް އިންޝުއަރެންސް ދިނުމާއި އަހަރަކު އެއް ފަހަރު އެއާ ފެއާ ޓިކެޓް ދިނުމާއި އަދި ގައުމުން ބޭރުގައި މަސައްކަތްކުރާނަމަ ގްރާންޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯގެ މުސާރަ ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެ ބޭފުޅެއްގެ އިލްމާއި ތަޖުރިބާއަށް ބެލުމަށްފަހުއެވެ.