މޭވާއާއި ތަރުކާރީގެ ބާވަތްތައް ކެއުމުގައި ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ޑޮކްޓަރުން ލަފާ ދެނީ ސަބަބެއް ނެތިއެއް ނޫނެވެ.
ެޕެކެޓުގައި ބަންދު ކުރި ”ޖަންކު ފުޑް“ގެ ބަދަލުގައި، ދަރީންނަށް ވެސް ”ސްނެކް“ގެ ގޮތުގައި މޭވާ ދިނުމަކީ އަހަރުމެންގެ ކިބައިގައި ހަރުލައްވަން ޖެހޭ އާދައެކެވެ.
މޭވާތަކުގެ ތެރެއިން، ކްރީމީ ޓެކްސްޗަރއެއް ހިމެނޭ އަތައިން ހަޑިގަނޑަށް ގިނަ ގުނަ ފައިދާތައް ލިބެއެވެ.
ސިއްހީ މައުލޫމާތު ހިމެނޭ ލިޔުންތަކުގައިވާ ގޮތުން އަތަ ކެއުމަކީ ހަށިގަނޑުގައި އުފެދޭ ޓިއުމަރާއި ގިނަ ވައްތަރުގެ ކެންސަރުން ސަލާމަތް ކޮށްދޭ ކަމެކެވެ.
އަދި ޗިސްމޭއާ ބޮޑު ގޮހޮރުގެ ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާއެއް ވެސް މިމޭވާގައި އެކުލެވިގެންވާ ކަމަށް ވެއެވެ.
އަޅުގަނޑުމެން ތެރޭގައި ބައެއް ހާލަތްތަކުގައި ބަރުދަން އިތުރު ކުރަން ބޭނުންވާ ބަޔަކުވެސް ދިރިއުޅޭއިރު، މިއީ އެފަދަ މީހުންނަށް ރަނގަޅު މޭވާ އެކެވެ.
ކަންބޮޑުވެ، ހާސްވުމާއި ޑިޕްރެޝަން ނުވަތަ މާޔޫސް ބަލި ފަދަ ސިކުނޑީގެ ބަލިތަކަށްވެސް އަތަ އަކީ ވަރަށް ރަނގަޅު މޭވާއެކެވެ.
މިއީ ގިނަ އަދަދަކަށް ވިޓަމިން ސީ ވެސް އެކުލެވޭ މޭވާ އެކެވެ.
ވިޓަމިން ސީ އަކީ ނުރައްކާތެރި ރޭޑިއޭޝަންތަކުން ހަށިގަނޑު ރައްކާތެރި ކުރުމަށް ވަރަށް މުހިންމު ވިޓަމިން އެކެވެ.
އަތައިން ލިބޭ އިތުރު ބައެއް ފައިދާތަކަށް ބަލާއިރު، ހަޖަމުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދިނުމާއި، ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވުން ހިމެނެއެވެ.

