ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ ހއ.ހޯރަފުށީ/ ހީރާ، މުހައްމަދު ސާއިފް (30އ) ކަމަށެވެ.

ސާއިފް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލޭގެ ފްލެޓް 205-2-35 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ސާއިފް އެންމެ ފަހުން ފެނިފައިވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުން ބުންޏެވެ.

އަދި އޭރު ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސާއިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި ހިއްސާކުރަން އެދިފައިވެއެވެ.