ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ގައުމީ ޓީމުގެ ޑިފެންޑަރަކަށް ކުޅޭ ހއ. ހޯރަފުށީ، ހީރާ، މުޙައްމަދު ސާއިފް، 30،އެވެ.

އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލޭގެ ހުޅުމާލެ ފުލެޓް 205-2-35 ގައެވެ.

ފުލުހުން ބުނީ އޭނާ މާލެއިން ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

ސާއިފު ހޯދަން ފެށީ ރެއިން ފެށިގެން އޭނާގެ ޚަބަރެއް ނުވުމާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.