ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާންގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން އަންނަ ހުކުރު ދުވަހު ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

މި ފަހަރު އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ އަހުމަދު ނަބީހު އަބްދުލް ގާދިރާއި މުހައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ.

މައްކާގައި މި މަހުގެ 10-21 އަށް ބާއްވާ ”42 ވަނަ ކިންގް ޢަބްދުލް ޢަޒީޒު އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާން“ މުބާރާތުގެ ރާއްޖޭގެ ބައިވެރިން ފުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރެ އެވެ.

އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ މިއަދު ވަނީ މުބާރާތުގައި ވާދަކުރާ ދެ މި ބައިވެރިންނާއި އެ މީހުންގެ ބައިވެރިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާ މަރުޙަބާ ވެސް ވިދާޅުވެފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން 6 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅެޅި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.