ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 21 އަަހަރާއި 23 އަހަރާއި 25 އަހަރުގެ ފިރިހެނުންނެވެ.

އޭގެ ތެރެއިން 21 އަހަރާއި 23 އަހަރުގެ މީހާ  އަތުލައިގަތީ މިދިޔަ އޮގަސްޓު މަހުއެވެ.

އަދި 25 އަހަރުގެ މީހާ އަތުލައިގަތީ މިދިޔަ ޖުލައި މަހުއެވެ.

 

މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ނުދެއެވެ.