ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު އެ ކުންފުނީގެ “ހޮބާ” ހިދުމަތް ލިބިގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ވެމްކޯއާ ހަވާލު ކުރީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސްޓެލްކޯގެ އިމާރާތްތަކާއި، ސްޓެލްކޯ ހިޔާގެ 2 ޓަވަރު ފޮޅައި ސާފުކުރުމުގެ މަސައްކަތެވެ.

ވެމްކޯގެ “ހޮބާ” ހިދުމަތަކީ އިމާރާތްތައް ފޮޅާ ސާފުކުރުމަށް އެ ކުންފުނިން ފޯރުކޮށްދޭ ހާއްސަ ހިދުމަތެކެވެ.

ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީއެވެ.

އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުޖުތަބާ ޖަލީލެވެ.