މަސްވެރިން ކިރާފައިވާ މަހަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް މިއަދު ޖަމާވާނެ ކަމަށް މިފްކޯ އިން މިއަދު ވިދާޅުވެއްޖެއެވެ.

މިފްކޯއިން ބުނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް ކިރި މަހުގެ ޖުމްލަ އަގަކީ 17,350,903 ރުފިޔާ ކަމަށެވެ.
ސަރުކާރުގެ އެހީތެރިކަމާއެކު އެ ފައިސާ އެއްކޮށް އޮޑިވެރީންނަށް މިއަދު ޖަމާވަމުންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ވަނީ ސަރުކާރުން އެ ކުންފުންޏަށް ދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ރައީީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހުގައި، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ފައިސާތައް ދައްކާ ހަލާސްކޮށްފައިވެއެވެ.