އީރާނުން އިޒްރޭލަށް މިރޭ ދިން މިސައިލު ހަމަލާތައް ފެއިލް ވެފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑުން ބުނީ، ތެލް އަވީވަށް 250 ބެލިސްޓިކް މިސައިލު ފޮނުވައިލެވުނު ކަމަށާއި، އެ މިސައިލުތަކުގެ 90 އިންސައްތަ އަމާޒަށް ވާސިލުވި ކަމަށެވެ.

ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކަށް، އަދި އިޒްރޭލުގެ އަސްކަރީ އެއްވެސް އެސެޓަކަށް ގެއްލުން ނުވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ހައްދުފަހަނަޅައިފައިވާ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ، އީރާނުން އެ ހެދީ ގޯހެއް ކަމަށާއި، އެކަމުގެ ބަދަލު ހިފާނެ ކަމަށެވެ. އަދި އީރާނުގެ ހަމަލާ ފެއިލްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އީރާނުން އިޒްރޭލަށް ހަމަލާތަކެއް ދީފައި މިވަނީ، ޣައްޒާއާއި ލުބްނާނަށް ހަމަލާދީ، އިޒްރޭލުން އެތައް ބަޔަކު ޝަހީދު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިޒްރޭލަށް ހަމަލާ ދިނުމުން، އީރާނާއި ޣައްޒާގެ ރައްޔިތުން ވެސް ވަނީ އުފާ ފާޅުކޮށްފައެވެ.

ަމި ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ހަމްދަރްދީ ހޯދުމަށް ފަލަސްތީނުގައި ވަޒަންވެރިވެގެން އުޅޭ އިޒްރޭލުގެ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޕެއިން އިން ވަނީ، އީރާނުން އިޒްރޭލަށް ދިން ހަމަލާ ކުށްވެރި ކޮށްފައެވެ.

 

ި