ފޮރިން މިނިސްޓަރ ޑރ. ހަލީލު އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ބައްދަލު ކުރައްވައިފިއެވެ.
ހަލީލް އިއްޔެ ވިދާޅުވި ގޮތުގެ މިއަދު އިންޑިއާގެ ސަފީރާ އެކު ބޭއްވެވި މިބައްދަލުކުރެއްވުމަކީ އޭނާ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން ގައުމެއްގެ ސަފީރަކާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަލީލު ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.