ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައުދީގެ ވެރިރަށް ރިޔާދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައިވރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޕޯރާފިއުއެވެ.
އަދި ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރުއަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން ކުޅިވަރު މުއައްސަސާތަކާއި ޖަމިއްޔާތައް މެދުވެރިކޮށް ކޯޗުން ތަމްރީން ކުރެވިގެންދާނެއެވެ.

އަދި ކުޅިވަރުގެ ޓީމުތައް ދެ ގައުމަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދޭނެއެވެ.

މީގެ އިތުރުން ސްޕޯޓްސް މެޑިސިން އާއި އެންޓި-ޑޯޕިން އަދި މުބާރާތްތައް އިންތިޒާމުކުރުމާއި ކުޅިވަރު އިވެންޓުތައް ބޭއްވުމާއި އަދި ކުޅިވަރު އިންވެސްޓްމަންޓް ފަދަ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުން ހިމެނެއެވެ.