ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނާއި އެހެން މީހުންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އަދި އެ ނޫން ގޮތްގޮތުން ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދެމުންދާ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ސަންސަންގެއާގެ، އަބްދުﷲ މިޔާދުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުގައި ހުރުމަށްފަހު މާލެ އައުމުންނެވެ.
މިޔާދު ހައްޔަރު ކުރީ ހަ ި ހުތުރު ބަހުން ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުން ގެންދިއުމާއި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުން ގެންދިއުމުންނެވެ.
އޭނާގެ ފޭސްބުކް އެކައުންޓުގެ ނަމަކީ ”އަބްލޯ މިޔާދު ޔޫސުފް“ އެވެ.
އޭނާ ރައީސް އަށް އިންޒާރު ދިން މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުންނެވެ.

