މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ މަޖީދީމަގު ”ސޮރީ ބޯއިސް“ ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމުގެ ރިޕޯޓް ލިބުނީ ރޭ 1:25 ހާއިރު ލިބިފައިވާ ކަމަށެވެ.
އަނިޔާވެފައި އޮތީ ދިވެހި ފިރިހެނަކަށް ކަމަށާއި އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށްވެސް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އެ މީހާ މިއަދު ހެނދުނު 6:19 ހާއިރު ވަނީ ދޫކޮށްލާފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

