ޕިކަޕުގެ ބެޓެރީ ވަގަށް ނަގާ ބަޔަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނީ ހެނދުނު 6:54 ހާއިރު ފަރީދީމަގާއި ޗާންދަނީ މަގާ ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާ މެދު ތުހުމަތު ކުރެވޭތީ ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ.

އަދި އެ މީހުންގެ އަތުން 12 ޕިކަޕް ބެޓެރީ ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ދެމީހުންނެވެ.

އެއީ ސ. މަރަދޫފޭދޫ، މާކަރީ ލައިޓް، އަލީ އަހުސަން، 32، އާއި ސ. ފޭދޫ، އަނަސް، މުހައްމަދު ނާޒީދު، 43، އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.