މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްްމަދު ޝަކީލްގެ ނަމުގައި ފައިސާ ހޯދަން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލު ވުމަށް އޭނާ އެދިވަޑައިގެންފިއެވެ.

ޝަކީލް އެކްސް ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ފަރާތުން ކަމަށް ބުނެ، ދިވެއްސަކު އެކި މީހުންނަށް ގުޅައި ފައިސާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމީހާގެ ފޯން ނަންބަރާއި ވަނަވަރު ހިއްސާ ކުރައްވައި އޭނާ ވިދާޅުވީ، އެ މީހާ އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވުމަށް ދަންނަވާ ކަމަށެވެ.
އަދި އޭނާގެ ފަރާތުން ކަމަށް ބުނެ އެއްވެސް މީހަކު ފައިސާ ހޯދުމަށް ކުރާ ފޯނު ކޯލްތަކަށް އިޖާބަ ނުދިނުމަށް ޝަކީލު އެދިވަޑައިގެންނެވިއެވެ.

މި މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.