ހުޅުމާލެ، ފޭސް އެކެއްގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މިއަދު ހެނދުނު ހިނގި މި ހާދިސާގައި، އެކްސިޑެންޓުވި ދެ ސައިކަލުގައި ތިބި މީހުންނަށް ވެސް އަނިޔާ ލިބުނު ކަމަށެވެ.
އެގޮތުން، ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ި

