ކ. މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މުޅި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ މާފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އޭގެއިތުރުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

22 މެއި 2023 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން، 63711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ.