ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރަައީސްކަންވެސް ކުރައްވާފައިވާ ސުމުއްވުލް އަމީރު އަލްމަރުހޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވެއްޖެއެވެ.
އެކަމަނާ އަވަހާރަވުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަމަނާ އަވަހަރާވުމުގެ ހިތާމައިގާ ބައިވެރިވެ، އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެކަމަނާ ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ހާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އެކަމަނާ އަވަހާރަވީއިރު، އުމުރުފުޅަކީ 68އެވެ.

