ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން، އިތުރު 09 ‏ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ނުވަ ބިދޭސީންނަކީ އެތަން ތަނުން ގެންދިޔަ މީހުން ކަމަށް އެ އިދާރާ އިން ބުންޏެވެ.

އެ މަސައްކަތް ކުރިއަށް ގެންދަނީ އިމިގްރޭޝަންނާއި ފުލުހުންނާ ގުޅިގެންނެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނީ މި މަސައްކަތުގައި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން އެ ރެއިޑުގައި ”އިމިގްރޭޝަން އޮފިސަ ޓްރެއިނީސް“ ބައިވެރިވާ ކަމަށެވެެ.