ގަނޑުކުރި ކުކުޅުތަކަކާއި، ފިޔާ އަދި އެހެނިހެން ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލޭން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ފެނިފައިވާ ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސް އަދި ފިޔާ ތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

މި ތަކެތީގެ ވެރިފަރާތުން، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ދަންނަވާ ކަމަށް ފުލުހުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

”އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9980062 އަށް.“ ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ، ގަނޑު ކުރި ކުކުޅުތަކެއްގެ ވެރި ފަރާތް ހޯދަން އިއުލާނު ކޮށްފައެވެ.