މާދަމާ ހެނދުނު ސްޓެލްކޯއިން ވެރިރަށް މާލޭގެ މާފަންނު ސަރަހައްދުގައި ކުރާ މަސައްކަތެއްގެ ސަބަބުން ކަރަންޓު ކެނޑިދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ލޮނުޒިޔާރަތް މަގު، ރަތްވިލާ ހިނގުން އަދި ހިތިގަސް މަގު ހިމެނޭ ސަރަޙައްދުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އެކުންފުނިން މިމަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:30 އާއި 10:30 އަށެވެ.

އެހެންކަމުން އެވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.