ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ރަސްމިޔާތެއްގައި، ފުލުހުންގެފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއުއެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ އެވެ.

ސީޕީ ވަނީ ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށް ދެއްވައި ޖަޕާނާއި ޔޫއެންއޯޑީސީގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި އެހީގެ އަގުވަޒަން ކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ހަނދާނީފިލަ އަރުވާފައިވެއެވެ.

ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ފުލުހުންނަށް މީގެ ކުރިން ވެސް ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެއެވެ.