ރާއްޖޭގައި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އ.އ ގަންގެހި ރިސޯޓު ބޭރަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެފައިވާ ކަމަށް އިއްޔެ ހެނދުނު 11:22 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މަރުކަޒުން އެންގި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވީ، އ.އ ރަސްދޫގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ޗައިނާގެ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.