އަންނަ އަހަރު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ތެލެސީމިއާ ކުދިން ސްކްރީން ކުރަން ފަށައިފިއެވެ.

ތެލެސީމިއާ މާސްޓާ ޕްލޭން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ މެދުކެނޑިފައި އޮތް ބޯން މެރޯ ޓްރާންސްޕްލާންޓު ކުރުމުގެ ފުރުސަތު މިއަހަރު އަލުން ފަށައިގެން ކުރިއަށްދާއިރު މިހާތަނަށް 14 ކުދިން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

ތެލެސީމިއާ ކުދިން ސްކްރީނު ކުރުމާއި ސްކޫލް ކުދިން ބައްޔަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔަ ކަމަށާއި، މިއީ ރާއްޖޭގެ ތެލެސީމިއާގެ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން، މި ވެރިކަމުގެ 10 މަސް ދުވަސް ތެރޭގައި ހަތަރު ތަނެއްގައި ބްލަޑް ބޭންކް ގާއިމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ހިލޭ އެހީގައި ރާއްޖޭގެ ތެލެސީމިއާ ހުރިހާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލޭޓް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް  މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތައް ހުޅުމާލޭގައި ތަރައްގީކުރާ ތެލެސީމިއާ ހޮސްޕިޓަލުގައި ބޯންމެރޯ ހެދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.