މާލޭގައި ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރި ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގައި ބުޅާތަކެއް މަރައި، އޭގެ މަހުން ކާ އެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވިގެން، ބަންގްލަދޭޝްގެ އަރަފާތު ހޮސެއިން ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.
އިމިގްރޭޝަނުން ކުރިން ބުނީ އަރަފާތު ފުރުވާލެވޭނީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވޭތޯ ބެލުމަށް ފަހު ކަމަށެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ، މައްސަލައިގެ ތަހުގީގު ނިންމައިލައިފައިވާ ކަމަށެވެ.
އަދި އަރަފާތު އިމިގްރޭޝަނާ ހަވާލު ކުރުމުން، އޭނާ މިހާރު ޑީޕޯޓް ކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
(ތަފްސީލު އަންނަނީ….)

