ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެކަން ހިނގާފައިވަނީ މެދު ރާއްޖެތެރޭގެ ރަށެއްގައި ކަމަށާއި، އެ ރަށުގެ ސްކޫލުގައި ކިޔަވައިދޭ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކުރި މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅަފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.