ގައުމަށް ވަފާތެރި، ދީންވެރި ބައެއްގެ ގޮތުގައި ޒުވާނުންވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ.
ރައީީސް މިކަމަށް ގޮވާލެއްވީ، ދިވެހި ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރު ކުރަންޖެހޭކަމަށެވެ.
އެމަނިކުފާނު ވަނީ ޒުވާނުންނަކީ ޤައުމާ މުޖުތަމަޢާއި އާއިލާއަށް ވަފާތެރި ދުޅަހެޔޮ، ހުލްގުހެޔޮ، ދީންވެރި ބައެއްގެ ގޮތުގައިވުމަށް އެދިވަޑައިގަންނަވާފައެވެ.
ޒުވާނުންގެ ދުވަސް ފާހަގަކުރަނީ ގައުމުގެ ތަރައްގީގައި ޒުވާނުންގެ ދައުރު ފާހަގަކޮށް، ޒުވާނުންނަށް ހިތްވަރުދީ، ގައުމުގެ ކުރިއެރުމުގައި މި ޖީލުގެ ޒުވާނުންގެ އެއްބާރުލުމާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކޮށް، ގައުމު ބިނާކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމަށެވެ.

