ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކޮށްފައިވާތީ ހުސްވި މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާ އޭގެ ތެރެއިން ހަތަރު ބޭފުޅަކަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައިވާ ނަންތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްވާފަ އެވެ. ރައީސްގެ ސިޓީގައި 13 ބޭފުޅެއްގެ ނަން ހިމެނެއެވެ.

މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންނަކީ، ހަސަން ޒުހައިރު މުހައްމަދު – ގ. މާވާރުލު، އައިޝަތު އާދަމް – ރިވެލި، ރ. އަލިފުށި ،އިބްރާހީމް ޝަރީފް – ގ. އަލިޝާ،ޝިފްޒާ އަބްދުލްގައްޔޫމު – ގަސްދޮށުގެ، ގއ. ނިލަންދޫ، އަހްމަދު ސައީދު – މ. ފަތްކޯނި ހުޅަނގު ބައި، އަބްދުﷲ އަބްދުލްހަކީމް – އަޒާންޕެލަސް، ޅ. ނައިފަރު، މުހައްމަދު އަމީން ޒާހިރު – ނީލާ، ސ. ހިތަދޫ، މުހައްމަދު ފާރިސް ތޯހާ – ހ. ސޯސަން އަބްދުލްޣަނީ މުހައްމަދު – ހ. ހޯސްޓްސައިޑް، އަހްމަދު އަލީ – ހުޅުމާލެ، ފްލެޓް ނަންބަރު 1/ޖީ/108، އަލީ ރިޒާ އިސްމާއީލް – ހުޅުމާލެ ހިޔާ 2 / 13 / 3 ،ފާތިމަތު ޝަފީނާޒް – ހުޅުމާލެ ގޯތި ނަންބަރު 11،021، މަޖީދު އަލީ – މަތަރެސްމާގެ، ގއ. ދާންދޫ އެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮގަސްޓް 19 ވަނަ ދުވަހުއެވެ. މަޖިލީހުގެ ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ، ހަތަރު މެންބަރުން ވަކިކުރެއްވީ މިދިޔަ އޮގަސްޓް 26 ވަނަ ދުވަހުއެވެ.