ހުޅުމާލެ ފޭސް 2 ގައި ފިރިހެނަކު އޭނާގެ މަންމައަށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.
ފުލުހުން ބުނީ ހިޔާގެ 13 ވަނަ ޓަވަރުގައި ހުންނަ އެޕަޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ 18:17 ހާއިރު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ގޮސް، އެ އެޕާޓްމަންޓްގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވި އަންހެން މީހާ ވަނީ، ހ.އެހަޑަ، މުހައްމަދު އިސްމާއީލް (28އ) އެ އަންހެން މީހާއަށް ވަޅިން ހަމަލާ ދީ، މަރާލާނެ ކަމަށް ބުނެ، ފޯނު ފޭރިގެން ގޮސްފައިވާ ކަމަށް ބުނެފައެވެ. އެއީ އުމުރުން 57 އަހަރުގެ އަންހެން މީހާގެ ދަރިއެކެވެ.
މި މައްސަލައިގައި ފުލުހުން މިއަދު ވަނީ، މުހައްމަދު އިސްމާއީލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައެވެ.
މުހައްމަދު އިސްމާއީލްގެ މަންމައަށް ދިން އަނިޔާތަކަށް އޭނާ އަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީ، ރޭގެ ވަގުތެއްގައި ދޫކޮށްލައިފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

