އިންޑިއާގެ އެކި ސަރަހައްދުތަކުގައި ރޭޕް ކުރުމުގެ ހާދިސާތައް ވަރަށް ގިނައެވެ. އެ ގައުމުގެ ނޫސްތަކުން ރޭޕް ކޭސްއެއްގެ ޚަބަރު ރިޕޯޓު ނުކުރާ ދުވަހެއް ނުވަތަ ހަފްތާއެއް މަދުވާނެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، މަދްޔަ ޕްރަދޭޝްގައި ދެމަފިރިއަކަށް ވަނީ މިފަދަ ހާދިސާއެއް ދިމާވެފައެވެ.

ފައްޅިއެއް ކައިރީގައި ދެމަފިރިއަކު އުޅެނިކޮށް، ފިރިހެންމީހާ ގަހެއްގައި އައްސައި، އޭނާގެ އަންހެނުން ވަނީ ރޭޕް ކޮށްފައެވެ.

މި ޖަރީމާ ހިންގުމުގައި ހަރަކާތްތެރިވީ ގޭންގަކުންނެވެ. އަންހެންމީހާ ރޭޕް ކުރުމަށްފަހު، ވީޑިއޯކޮށް، ރޭޕިސްޓުން ބުނީ، ފުލުހުންނަށް އެ މައްސަލަ ހުށަހަޅައިފިނަމަ، ވީޑިއޯ ލީކު ކޮށްލާނެ ކަމަށެވެ.

މިކަން ހިނގާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ޝައްކު ކުރެވޭ ބައެއް މީހުން ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެއެވެ.