މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ ) އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ފަސްކޮށްފިއެވެ.

ަމީގެ ކުރިން މި އެވޯޑް ދިނުމުގެ ހަފްލާ ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

ނަމަވެސް މިހާރު އެ ހަފްލާ ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ 11 ވަނަ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓި ޕާޕަސް ހޯލުގައެވެ.

ީނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވައިލުމުން 18 ދާއިރާއަށް 88 ހުށަހެޅުން ލިބިފައިވާކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 18 ދާއިރާއަކަށެވެ.