ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިނެއް) ދެއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ރަސްގެފާނާ ބައްދަލުކުރައްވައިފިއެވެ.
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ރަސްގެފާނާ ބައްދަލުވުމަކީ ލިބުނު ޝަރަފެއްކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން، ރާއްޖެއަށް ވަޑައިގަތުމަށް ރަސްގެފާނަށް ދައުވަތު އަރުވައިފައިވާކަމަށެވެ.
ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު(ދެވަނަ) ވަނީ 1972 ވަނަ އަހަރު ރާއްޖެ ވަޑައިގެންފައެވެ.

