ކަރަޔަކީ ހަށިގަނޑަށް ފައިދާ ހުރި މީރު މޭވާ އެކެވެ.
މިއީ ފެން ގިނަ ޢަދަދަކަށް އެކުލެވިގެންވާތީ، ކަރު ހިއްކުން ފިލުވުމުގައި އެހީތެރި ވެދޭ މޭވާއެކެވެ. ކަރާ ކެއުމުން ހަށިގަނޑަށް ފިނިކަމާއި ތާޒާކަން ގެނެސްދެއެވެ.
ކަރާއިން ލިބިދޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު ފުރަގަސް ފަރާތު ބަލި، ބަނޑު ހިކުން، މަސާނާ އަދި ގުރުދާގައި ހިލަ އުފެދުން، މައިދާ އަދި ގުރުދާ ސާފުކުރުން، ލޮލުގެ ފެނުން ސާފުވުން، ރީނދޫވުމާއި ލޭގެ ޕްރެޝަރު މަތިވުން، އަދި ބޮލުގައި ރިހުން ފަަދަ ކަންތައްތައް ކުޑަކުރުމުގައި އެހީތެރި ވެދެއެވެ.
ކަރާގައި ދަނގަޑުގެ ބައި ގިނަ މިންވަރަކަށް އެކުލެވިގެން ވެއެވެ. ކަރާ ކެއުމުން ހޫނުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް ޖެހުމުން ދުރުކޮށްދެއެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކަރާ އިން ސިއްހަތަށް އެންމެ ރަނގަޅު ފައިދާއެއް ކުރަނީ ކަރާގެ ދިޔައިގައި ހުންނަ ސިޓްރޫލިން ކިޔާ ކެމިކަލްއެއްގެ ސަބަބުންނެވެ.
ކަރާ ކެއުމުން ލޭގެ ޕްރެޝަރަށް އެއްވެސް ކަހަލަ ބަދަލެއް އަންނަކަން މި ތަހުލީލުން ހާމަވެފައި ނެތަސް ހިތަށް ނުރައްކާވާ އެހެނިހެން ކަންތައްތަކަށް ވެސް ކަރާ ކެއުމުން އެކަށޭނަ ހެޔޮ ބަދަލުތަކެއް އަންނަ ކަމަށް ވެއެވެ.
އެހެންވެ ކަރައަކީ ދުވަހުގެ ސުފުރާގައި ކޮންމެހެން ވެސް ބޭނުން ކުރަން ޖެހޭ މޭވާއެކެވެ.
ކަރައާ ބެހޭގޮތުން ކޮށްފައިވާ އެކި ދިރާސާތަކުން އެނގޭ ގޮތުގައި، މި މޭވާގެ ބައިތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑީ އޭގެ އޮށުގައެވެ.
މިގޮތުން ކަރާ އޮށުގައި ވިޓަމިން ބީ ގްރޫޕްގައި ހިމެނޭ ބާވަތްތައް ކަމަށްވާ އަލްޕްބޮފްލޭވިން، ނިޔަސިން، ތިޔަމިން، އަލްބަންޓޯޓިނިކް އެސިޑް އަދި ފޯލިކް އެސިޑް ގިނައަދަދަކަށް ހިމެނެއެވެ.
މިއީ ހިތާއި ހަޖަމުކުރުމުގެ ނިޒާމަށާއި ނާވަސް ސިސްޓަމަށާއި އިމިއުން ސިސްޓަމުގެ ސިއްހަތަށް ވަރަށް ފައިދާ ބޮޑު މާއްދާތަކެކެވެ. އަދި ކަރާގެ އޮށުގައި އެމީނޯ އެސިޑް ގިނައަދަދަކަށް އެކުލެވޭ ޕްރޮޓީން ވެސް ވަރަށް ގިނަކަމަށް ވެއެވެ.

